ADS BY print zone




ކައުންސިލް ކުޅިވަރު މުބާރާތް - 2025
ފ.ބިލެއްދޫ ކައުންސިލްއިން 2025ވަނަ އަހަރު ބިލެއްދޫގެ މުއައްސަސާތަކަށް އަމާޒުކޮށް ކުރިއަށް ގެންދެވުނު ކުޅިވަރު ހަރަކާތްތަކުގައި ފެނަކަ ފ.ބިލެއްދޫ ބުރާންޗުންބައިވެރި ވެފައިވެއެވެ. ކައުންސިލްއިން ކުރިއަށްގެންދިޔަ ކުޅިވަރުތަކުގެ ތެރޭގައި ވޮލީ (އަންހެން، ފިރިހެން)، ފުޓްސަލް، ބެޑްމިންޓަން (އަންހެން، ފިރިހެން)، ކެރަމްގެ އިތުރުން ރާޒުވާ އަދި މަސްރޭސްހިމެވެނެއެވެ.
20 ނޮވެމްބަރ 2025އިން 27 ނޮވެމްބަރ 2025އަށް ކުރިއަށްގެންދެވުނު އަންހެން އަދި ފިރިހެން ޑިވިޝަން ވޮލީ މުބާރާތުގެ އަންހެން ޑިވިޝަންގެ ފައިނަލް މެޗުގައި ބައްދަލުކޮށްފައިވަނީ ފެނަކަ ކަނބަލުންގެ ޓީމާއި މަރުކަޒު ކޮމްބައިން ޓީމެވެ. އަދި މި މެޗް ފެނަކަ ކަނބަލުންގެ ޓީމުން ކާމިޔާބުކޮށްފައިވާއިރު ފައިނަލް މެޗުގެ މޮޅުން ކުޅުންތެރިއަކަށް ހޮވިފައިވަނީ ފެނަކަ ކަނބަލުންގެ ޓީމްގެ ޖޯޒީ ނަންބަރ 13 ރަފާ އިބްރާހިމްއެވެ. އަދި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއާގެ ގޮތުގައި ފެނަކަ ކަނބަލުންގެ ޓީމްގެ ޖޯޒީ ނަންބަރ 19 ނަފާ ނާފިއު ހޮވިގެން ގޮސްފައިވާއިރު މުބާރާތުގެ އެންމެ މޮޅު 06 ކުޅުންތެރިންގެ ތެރޭގައި ޓީމްގެ 03 ކުޅުންތެރިން (ޖޯޒީ ނަންބަރ 19 ނަފާ ނާފިއު، ޖޯޒީ ނަންބަރ 13 ރަފާ އިބްރާހިމް، ޖޯޒީ ނަންބަރ 12 އައިޝަތު ނަސިއްޔާ) ހިމެނިގެން ގޮސްފައިވާކަން ފާހަގަކުރަމެވެ. މުބާރާތުގެ ފިރިހެން ޑިވިޝަންގެ ފައިނަލްގައި ސުކޫލް އަދި މަރުކަޒު ކޮމްބައިންޓީމް ވާދަކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ މަރުކަޒު ކޮމްބައިން ޓީމެވެ.
ކައުންސިލްއިން 29 ނޮވެމްބަރ 2025އިން 30 ނޮވެމްބަރ 2025އަށް ކުރިއަށް ގެންދެވުނު ކެރަމް މުބާރާތުގައި ބުރާންޗު ތަމްސީލުކުރުމަށް 03 މުވައްޒަފަކުބައިވެރިވެފައިވެއެވެ. އަދި 29 ނޮވެމްބަރ 2025އިން 05 ޑިސެމްބަރ 2025އަށް ކުރިއަށް ގެންދެވުނު އަންހެން އަދި ފިރިހެން ޑިވިޝަން ބެޑްމިންޓަން މުބާރާތުގައި އަންހެން އަދި ފިރިހެން ޓީމެއް އެކުލަވާލާ ބުރާންޗު ތަމްސީލް ކޮށްދީފައިވާކަން ފާހަގަކުރަމެވެ. އަދި މީގެއިތުރުން 01 ޑިސެމްބަރ 2025ވަނަ ދުވަހު ކުރިއަށްގެންދެވުނު ރާޒުވާ މުބާރާތުގައި ބުރާންޗުގެ 04 މުވައްޒަފަކުވަނީ ބައިވެރިވެފައެވެ. މުބާރާތުގެ 03ވަނަ ކުޅުންތެރިޔާގެ ގޮތުގައި ހޮވިފައިވަނީ ފެނަކަ ފ.ބިލެއްދޫ ބުރާންޗުގެ ފަހުމީ އިބްރާހިމްއެވެ. އަދި އެއްވަނަ ކުޅުންތެރިޔާގެ ގޮތުގައި ފެނަކަ ފ.ބިލެއްދޫ ބުރާންޗުގެ އާދަން ސަލީމް ހޮވިގެން ގޮސްފައިވާއިރު، މުބާރާތުގެ އެއްވަނަ ހާސިލް ކޮށްފައިވާ މުއައްސަސާއަކީ ފެނަކަ ފ.ބިލެއްދޫ ބުރާންޗެވެ.
މަސްވެރިންގެ ދުވަހާގުޅުވައިގެން ރަށުގެ މުއައްސަސާތަކަށް އަމާޒުކޮށް ފ.ބިލެއްދޫ ކައުންސިލް އަދި ހެލްތު ސެންޓަރ ގުޅިގެން ކުރިއަށްގެންދެވުނު މަސްރޭސް ހަރަކާތުގައި ފެނަކަ ފ.ބިލެއްދޫ ބުރާންޗުންވަނީ ބައިވެރިވެފައެވެ. ތަފާތު ތިން މަޤާމެއް(އެންމެ ބަރުމަސް ބޭނިފަރާތް، އެންމެ ދިގުމަސް ބޭނި ފަރާތް އަދި އެންމެ ރަނގަޅު މުއައްސަސާ) ހޮވާގޮތައް ވާދަވެރިކަމާއިއެކު ކުރިއަށް ގެންގޮސްފައިވާ މި މަސްރޭހުގެ އެންމެ ބަރުމަސް (9.10ކ) ބާނާފައިވާ ފަރާތުގެ ގޮތުގައި ކައުންސިލްގެ ނ.ރައީސް އިޙުފާލް ޙަމީދު ހޮވިފައިވާއިރު، އެންމެ ދިގުމަސް (41އިންޗި) ބާނާފާއިވާ ފަރާތުގެ ގޮތުގައި ހޮވިގެން ގޮސްފައިވަނީ ފެނަކަ ފ.ބިލެއްދޫ ބުރާންޗުގެ ސ.ސުޕަވައިޒަރ އަބްދުﷲ ޒުހުރީއެވެ. އަދި 265.65ކިލޯ މަހާއިއެކު ފެނަކަ ޓީމްއިންވަނީ މުބާރާތުގެ އެއްވަނަ ހޯދާފައެވެ.
12 ޑިސެމްބަރ 2025އިން 19 ޑިސމްބަރ 2025އަށް ކުރިއަށް ގެންގޮސްފައިވާ މުއައްސަސާތަކުގެ 04ވަނަ ފުޓްސަލް މުބާރާތުގައި މިބުރާންޗުން ބައިވެރިވެފައިވެއެވެ. މިމުބާރާތުގެ ފައިނަލް މެޗުގައި ބައްދަލުކޮށްފައިވަނީ ފެނަކަ ޓީމްއާއި ސުކޫލް ކޮމްބައިންޓީމްއެވެ. މުބާރާތުގެ ޗެމްޕިއަންކަން ފެނަކަ ޓީމްއިން ހޯދާފައިވާއިރު އެންމެމޮޅު ކޯޗުގެ ގޮތުގައި ހޮވިފައިވަނީ ފެނަކަ ޓީމްގެކޯޗް ފަހުމީ އިބްރާހިމްއެވެ. އަދި މުޅިމުބާރާތުގެ އެންމެގިނަ ގޯލުޖެހި ކުލުންތެރިޔަގެ ގޮތުގައި ހޮވިގެން ގޮސްފައިވަނީ ފެނަކަ ޓީމްގެ ޖޯޒީ ނަންބަރ 12 ނަދީފް އިބްރާހިމްއެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ ގޮތުގައި ފެނަކަ ޓީމްގެ ޖޯޒީ ނަންބަރ 20 އަކްޝަމް އަހުމަދު ހޮވިފައިވާއިރު، އެންމެ އުއްމީދީ ކުޅުންތެރިޔާގެ ގޮތުގައި ހޮވިގެންގޮސްފައިވަނީ ފެނަކަ ޓީމްގެ ޖޯޒީ ނަންބަރ 11 އަހުސަން ހުސައިންއެވެ. މީގެއިތުރުން މުބާރާތުގެ ފެއަރޕުލޭ ޓީމްގެ ގޮތުގައި ފެނަކަ ޓީމްނެގިފައިވާއިރު މުބާރާތުގެ އެންމެމޮޅު 05 ކުޅުންތެރިންގެ ތެރޭގައި ފެނަކަ ޓީމްގެ 03 ކުޅުންތެރިޔަކު ހިމެނިގެން ގޮސްފައިވާކަން ފާހަގަކުރަމެވެ.
14 ފެބްރުއަރީ 2026 | ސިފުދާ އ.ރަޚުމާން
















