ADS BY print zone




ފެނަކައިގެ 13ވަނަ އަހަރީ ދުވަސް ފާހަގަކުރުން!
ފެނަކައިގެ 13ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން 03 ޖުލައި 2025ވީ ބުރާސްފަތި ދުވަހުގެރޭ ފ.ބިލެއްދޫ ބުރާންޗުގައި ޚާއްސަ ޙަފްލާއެއް ކުރިއަށްގެންދެވިފައިވެއެވެ. މިޙަފްލާގެ ޝަރަފުވެރި މެޙުމާނެއްގެ ގޮތުގައި ބައިވެރިވެ ދެއްވާފައިވާނީ ފ.އަތޮޅު ކޮމާންޑަރ އިންސްޕެކްޓާރ އޮފް ޕޮލިސް އަލްފާޟިލް އަޙުމަދު ޔަޢުޤޫބުއެވެ. މި ޚާއްސަ ޙަފްލާގައި ބުރާންޗުގެ މުވައްޒަފުންގެ އިތުރުން ރަށުގެ މުޢައްސަސާތަކުގެ އިސްވެރިން ބައިވެރިވެފައިވެއެވެ.
މުވައްޒަފުންގެ އަގުވަޒަންކޮށް ކުރިއެރުމަށް އިތުރަށް ހިތްވަރުދިނުމުގެ ގޮތުން 2023ވަނަ އަހަރުގެ އަހަރީ ޙަފްލާއިން ނިންމާފައިވާގޮތަށް 2024ވަނަ އަހަރު ކޮންމެ ޑިޕާރޓްމަންޓަކުން އެންމެ ރަނގަޅު މުވައްޒަފު އަދި ބުރާންޗުގެ ހުރިހާގޮތަކުން އެންމެ ރަނގަޅު މުވައްޒަފު ހޮވިފައިވެއެވެ. މި ޙަފްލާގެ އެންމެ ޙާއްސަ އައިޓަމެއްގެ ގޮތުގައި ފެނަކަ ފ.ބިލެއްދޫ ބުރާންޗުގެ ވެބްސައިޓް ލޯންޗުކުރުން ހިމެނިގެން ގޮސްފައިވާކަމީ ބުރާންޗަށް ލިބިގެންގޮސްފައިވާ އިތުރު ކުރިއެރުމެކެވެ.
03 ޖުލައި 2025
