an abstract photo of a curved building with a blue sky in the background

ADS BY print zone

an abstract photo of a curved building with a blue sky in the background
2025 ވަނަ އަހަރު ފ.ބިލެއްދޫ ބުރާންޗުގެ އިދާރީ މުވައްޒަފުންނަށް އަމާޒުކޮށް ތަޖުރިބާދަތުރެއް ކުރެވިފައިވޭ.

ފ.ބިލެއްދޫ ބުރާންޗުގެ އިދާރީ މަސައްކަތްތަށް އިތުރަށް ޙަރުދަނާކުރުމަށް ބުރާންޗުގެ މެނޭޖުމެންޓުން އިސްނަގައިގެން އަހަރަކު އެއްފަހަރު ކުރުމަށް ނިންމާފައިވާ ތަޖުރިބާ ދަތުރު މިއަހަރު ކުރެވިފައިވަނީ ތ.އަތޮޅުގެ ބުރާންޗުތަކަށް އަމާޒުކޮށްށެވެ. މި ދަތުރުގައި ފ.ބިލެއްދޫ ބުރާންޗުގެ އިދާރީ މުވައްޒަފުންނާއި މެނޭޖުމެންޓުގެ އިތުރުން ސީނިއަރ ބައެއްމުވައްޒަފުން ބައިވެރިވެފައިވެއެވެ. ތަޖުރިބާހޯދުމުގެ މަޤުސަދުގައި ކުރެވުނު މިދަތުރުގައި ތ.އަތޮޅުގައި އިދާރީ މަސައްކަތްތަށް ކުރުމުގައި ފާހަގަކޮށްލެވޭ ބުރާންޗުތަކަށް ވަނީ ދަތުރުކުރެވިފައެވެ. އެގޮތުން ތ.ތިމަރަފުށި، ތ.ވޭމަންޑޫ، ތ.ކިނބިދޫ، ތ.ގުރައިދޫ، ތ.ގާދިއްފުށީގެ އިތުރުން ތ.ވިލުފުއްޓަށް ދަތުރުކުރެވިފައިވެއެވެ.

03 ސެޕްޓެމްބަރ 2025ވަނަ ދުވަހު ފެށިމިދަތުރުގައި ބުރާންޗުތަކުގައި މަސައްކަތްކުރާގޮތްބަލައި، މަސައްކަތްކުރުމުގައި ހުންނަ ތަފާތުތަށް ދެނެގަނެ، ދެ ބުރާންޗުގެ މުވައްޒަފުންގެ މެދުގައި ބަދަހި ގުޅުމެއް ޤާއިމްކުރެވިފައިވެއެވެ.

3 ސެޕްޓެމްބަރ 2025 | ސިފުދާ އ.ރަޚްމާން

an abstract photo of a curved building with a blue sky in the background
ގުޅުންހުރި ފޮޓޯތައް
an abstract photo of a curved building with a blue sky in the background

ކިޔުންތެރިޔާގެ ހިޔާލު

ކޮމެންޓެއް ނެތް