an abstract photo of a curved building with a blue sky in the background

ADS BY print zone

an abstract photo of a curved building with a blue sky in the background

ހޯމް ސޯލާ ޕްރޮގްރާމަކީ 2021 ވަނަ އަހަރު ފެނަކައިން "މަގޭ ސޯލާ" ގެނަމުގައި ތަޢާރަފުކޮށް ފެނަކައިން ކަރަންޓްގެ ޙިދުމަތްދޭ ހުރިހާ ރަށަކަށް އަމާޒުކޮށް ހިންގަން ފަށާފައިވާ މަޝްރޫޢެކެވެ. ރަސްމީކޮށް މި މަޝްރޫޢު ފަށާފައިވަނީ ފެނަކަ އިނިސްޓިޓިއުޓުން މުވައްޒަފުންނަށް ކުރިއަށް ގެންދެވުނު ސޯލާ އިންސްޓޯލް ކުރުމުގެ ޙާއްސަ ކޯހަށް ފަހުގައެވެ. މި ކޯހުގައި މި ބުރާންޗުގެ މުއައްޒަފަކު ބައިވެރިވެ ކޯސް ފުރިހަމަ ކޮށްފައިވެއެވެ. ހޯމް ސޯލާއަކީ ޙިދުމަތް ބޭނުންވާ ފަރާތްތަކަށް 3 ކެޓަގަރީއަކަށް ބަހާލެވިގެން ފޯރުކޮށްދޭން ފަށާފައިވާ ޙިދުމަތަކަށް ވުމާއިއެކު، މި ޙިދުމަތް ފޯރުކޮށްދެވޭ ކެޓަގަރީ ތަކަކީ 2 ކިލޯ ވޮޓް، 3 ކިލޯ ވޮޓް، އަދި 5 ކިލޯ ވޮޓް އެވެ.

މިބުރާންޗްގެ ކަސްޓަމަރުންނަށް ހޯމް ސޯލާގެ ޙިދުމަތަށްއެދި ފޯމް ހުށަހެޅުމަށް ފުރުސަތު ހުޅުވާ ލެވިފައިވަނީ 2022 ވަނަ އަހަރުގެ ސެޕްޓެމްބާރ މަހުގައެވެ. މިފުރުސަތުގައި 5 ފަރާތަކުން ޙިދުމަތަށްއެދި ފޯމް ހުށަހަޅާފައިވެއެވެ.

ޙިދުމަތަށްއެދި ފޯމް ހުށައަޅަފައިވާ ފަރާތްތަކަށް ޙިދުމަތް ފޯރުކޮށްދިނުމަށް ސާވޭއެއްކުރެވިފައިވެއެވެ. އަދި ކުރެވުނު ސާރވޭއަށްފަހު ޙިދުމަތް ހޯދުމަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން 01 ފަރާތާއި، މި ބުރާންޗާދެމެދު އެއްބަސްވުމެއް އެކުލަވާލެވި 03ކވ އިންވާޓާރ ބޭނުންކޮށް މިފަރާތަށް ޙިދުމަތްފޯރުކޮށްދެވިފައިވެއެވެ.

ADS BY Lucky zone

ހޯމް ސޯލާގެ ޙިދުމަތް

an abstract photo of a curved building with a blue sky in the background

ކިޔުންތެރިޔާގެ ހިޔާލު

ކޮމެންޓެއް ނެތް