ADS BY print zone




ބައިނަލް އަޤުއާމީ މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރުން - ފ.ބިލެއްދޫ ބުރާންޗު
މަސައްކަތްތެރިންގެ ޙައްޤުތައް ހިމާޔަތްކުރުމާއި، އެމީހުންކުރާ ބުރަމަސައްކަތުގެ އަވަޒަންކުރުމަށް ބައިންލް އަޤުއާމީ މަސައްކަތްތެރިންގެ ދުވަހުގެ ގޮތުގައި 01 މެއި ފާހަގަކުރެވިފައިވެއެވެ. ބުރާންޗު ފެންވަރުގައި މިދުވަސް ފާހަގަކުރުމުގެގޮތުން ފ.މަގޫދޫ ބުރާންޗު މުއައްޒަފުންގެ އެދުމުގެމަތިން އެބުރާންޗުގެ އަންހެން މުއައްޒަފުންނާއި، ފ.ބިލެއްދޫ ބުރާންޗުގެ އަންހެން މުއައްޒަފުންގެ މެދުގައި އެކުވެރިކަމުގެ ވޮލީ މެޗެއްކުޅެވިފައިވެއެވެ. އަދި މިދުވަހާއި ގުޅުވާލައިގެން ބުރާންޗުފެންވަރުގައި 02 މެއި 2026ވީ ހޮނިހިރުދުވަހު ހާއްސަ ހަރަކާތެއް ކުރިއަށްގެންދެވިފައިވެއެވެ.
ބުރާންޗުން ކުރެވޭ މަސައްކަތްތަކަކީ ތަފާތު ދާއިރާތަކެއްގައި ކުރެވޭ މަސައްކަތްތަކެއްކަމުން ބުރާންޗުގެ ހުރިހާ މުއައްޒަފުންނައް އަމާޒުކޮށް ޑިޕަރޓްމަންޓްތަކުން ކުރެވެމުންދާ މަސައްކަތްތައް ތަޖުރިބާކުރުމުގެ ޕްރޮގުރާމްއެއް ކުރިއަށް ގެންދެވިފައިވެއެވެ. އެގޮތުން ބުރާންޗު މެނޭޖުމެންޓުން ލޭބަރުންގެ ހުރިހާ ޒިންމާއެއް އަދާކުރަމުން ގެންދިޔައިރު، އިދާރީ މުއައްޒަފުން އަދި ލޭބަރުން ހިމެނޭހެން ޓެކްނިކަލް އަދި ޑިއުޓީމުއައްޒަފުންގެ މަސައްކަތްތައް ކުރިއަށްގެންދެވިފައެވެ. އަދި ޓެކްނިކަލް މުއައްޒަފުންނާއި ލޭބަރުންނަށް އިދާރީގޮތުންކުރެވޭ މައިގަނޑު މަސައްކަތްތައް ދައްކުވާދެވިފައިވެއެވެ. މީގެއިތުރުން ބުރާންޗުގެ ފިރިހެން މުއައްޒަފުންނަށް އަމާޒުކޮށް ކެއްކުމުގެ ޚާއްސަ މުބާރާތެއް ކުރިއަށް ގެންދެވިފައިވެއެވެ.
01 މެއި 2026 | ސިފުދާ އ.ރަޚުމާން








