މިރަށުގައި ސަރުކާރުން ޤާއިމް ކޮށްފައިވާ ނަރުދަމާ ނިޒާމަކީ، ގްރެވިޓީ ސިސްޓަމްއަށް ފަހުގެ ވަސީލަތްތަށް ބޭނުންކޮށް ރައްޔިތުންނަށް ޙިދުމަތް ދިނުމަށްޓަކައި ޤާއިމް ކުރެވިފައިވާ 2 ޕަމްޕް ސްޓޭޝަންގެ މައްޗަށް އެކުލެވޭ ނިޒާމެކެވެ. ނަރުދަމާގެ ހިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށް ދިނުމަށްޓަކައި ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި މިޕަމްޕް ސްޓޭޝަންތައް ސާފުކޮށް ބެލެހެއްޓުމަށް ޝެޑިއުލްއެއްހަދައި ކޮންމެ 03 މަހަކުން ބުރާންޗްގެ މުއައްޒަފުން މި މަސައްކަތް ކުރަމުންގެންދެއެވެ. ނަރުދަމާގެ އަމަލީ މަސައްކަތްތަށް ނިމި އިމާރާތް ފެނަކަ އާއި ހަވާލުކުރެވިފައިވަނީ 01 ޖޫން 2023 ގައެވެ.
15 ޖޫން 2023ވަނަ ދުވަހު ޙިދުމަތަށްއެދި ފޯމް ހުށައެޅުމަށް ހުޅުވާލެވުނު ފުރުސަތުގައި 2024 ވަނަ އަހަރުގެ ނިޔަލަށް ނަރުދަމާގެ ޙިދުމަތަށްއެދި 173 ފަރާތަކުން ފޯމް ހުށަހަޅާފައިވާއިރު، އަދި މިއަހަރު ތެރޭގައި 98 ގެބިސީއަކަށް މި ޙިދުމަތް ފޯރުކޮށް ދެވިފައިވެއެވެ.
2025 ވަނަ އަހަރާ ކުރިމަތިލި އިރު މިޙިދުމަތް މެދު ނުކެނޑި ރައްޔިތުންނަށް ފޯރުކޮށްދެމުން ގެންދެވުން ދައްކުވައިދެނީ ބުރާންޗުގެ މުވައްޒަފުންގެ ހީވާގިކަމާއި ހުއްޓުމެއްނެތި ކުރަމުންގެންދާ ބުރަ މަސައްކަތެވެ. 2024 ވަނައަހަރު ނަރުދަމާގެ ހިދުމަތް ދިނުމަށްޓަކާ އިތުރު 2 ގެއަކަށް މުޅިން އަލަށް ކެޗްޕިޓް ލެވިފައިވާއިރު، 2025 ވަނަ އަހަރު 1 ގެއަކަށް އަލަށް ކެޗްޕިޓް ލުމުގެ މަސައްކަތް ބުރާންޗްގެ މުއައްޒަފުން ކޮށްފައިވެއެވެ.
26 މެއި 2025ވަނަ ދުވަހާއިހަމައަށް ނަރުދަމާގެ ޙިދުމަތަށް އެދި 13 ފަރާތަކުން ފޯމު ހުށަހަޅާފައިވާއިރު، 12 ގެބިސީއަކަށް މި ހިދުމަތް ފޯރުކޮށްދެވިފައިވެއެވެ. އަދި މި ދުވަހާއިހަމައަށް ޖުމްލަ 111 ގެބިސީއަކަށް މި ޙިދުމަތް ފޯރުކޮށްދެވިފައިވެއެވެ.
ޙިދުމަތަށް އެދި ފޯމުހުށައަޅައި ޙިދުމަތް ފޯރުކޮށްދެވިފައި ނުވާ ފަރާތްތަކަށް ހިދުމަތް ހޯދާދިނުމަށް އިޙުލާސްތެރި ކަމާއިއެކު ބުރާންޗްގެ މެނޭޖުމެންޓުން ކުރައްވަމުންގެންދަވާ މަސައްކަތްތަށް ފާހަގަކުރަމެވެ.
ADS BY Lucky zone
ނަރުދަމާގެ ޙިދުމަތް







