ADS BY print zone


ސަރުކާރުން މިރަށުގައި އަލަށް ޤާއިމްކޮށްފައިވާ ފެނުގެ ނިޒާމް ގެ މަސައްކަތް ނިމި، 2023 ވަނަ އަހަރު ފެނަކަ އާއި ހަވާލު ކުރެވިފައިވެއެވެ. ރައްޔިތުންނަށް މި ޙިދުމަތް ފޯރުކޮށްދިނުމަށް 25 އޮކްޓޯބާރ 2023 ވަނަދުވަހު މި ބުރާންޗުގެ ކަސްޓަމަރުންނަށް ހުޅުވާލެވުނު ފުރުސަތުގައި، 26 މެއި 2025 ވަނަދުވަހާއި ހަމައަށް 186 ފަރާތަކުން ޙިދުމަތަށްއެދި ފޯމް ހުށައަޅާފައިވެއެވެ. އަދި މި ގޭބިސީތަކަށް ޙިދުމަތް ފޯރުކޮށްދެވިފައިވާކަން ފާހަގަކުރަމެވެ.
ފެނުގެ ޙިދުމަތަކީ ސަރުކާރުން ރައްޔިތުންނަށް ފޯރު ކޮށްދޭންޖެހޭ އަސާސީ ޙިދުމަތަކަށް ވީހިދު މިޙިދުމަތް ފެށިގެން ދިއުމަކީ، ރައްޔިތުންނަށް ލިބިގެންދިއަ އުފަލެއް ކަމުގައި ދެކެމެވެ. 15 ޖަނަވަރީ 2024ގައި މި ޙިދުމަތް ރަސްމީކޮށް ފެށިފައިވާއިރު، މިޙިދުމަތް ރައްޔިތުންނަށް ފޯރުކޮށް ދިނުމަށްޓަކައި 40 ޓަނުގެ އާރު އޯ ފެން އުފައްދާ 2 ޕްލާންޓަކާއި، ދުވާލެއްގެ މައްޗަށް 60 ޓަނުގެ ވާރޭފެން އުފައްދާ ޕްލާންޓެއް ޤާއިމްކުރެވިފައިވެއެވެ.
ފެން ރައްކާ ކުރުމަށްޓަކައި 350 ޓަނުގެ 2 ޓޭންކު ބެހެއްޓިފައިވާ މިނިޒާމްގައި، ވާރޭ ފެން ރައްކާ ކުރުމަށްޓަކައި 420 ޓަނުގެ ޓޭންކެއް ބެހެއްޓިފައިވެއެވެ.
ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 12 ޓަނު ފެން ބޭނުން ކުރަމުންދާ މިރަށުގައި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކޮންމެ 1 ގަޑީ އިރަކުން ހަދަންޖެހޭ ޓެސްޓްތަށް ޤަވާއިދުުން ހަދަމުން ގެންދާކަން ފާހަގަކުރަމެވެ. ފެނުގެ ޙިދުމަތްދޭ އިމާރާތުގައި ކަރަންޓް ބޭނުން ކުރުމަށް 30 ކވ ސޯލާ ސިސްޓަމްއެއް ހަރުކުރެވިފައިވާއިރު، މިޙިދުމަތް ބޭނުން ކުރެވެމުންދަނީ ފެނަކަ ގުރިޑާއި ގުޅާލެވިގެންނެވެ. އެގޮތުން ދުވާލުގެ ވަގުތު ތަކުގައި ބޭނުން ކުރަމުން ގެންދަނީ ސޯލާއިން އުފައްދާ ކަރަންޓެވެ.
ADS BY Lucky zone
ފެނުގެ ޙިދުމަތް







