ADS BY print zone




އިންޖިނިއަރސް ދުވަހާގުޅޭ - ފ.ބިލެއްދޫ ބުރާންޗު
އިންޖިނިއަރސް ދުވަހާއިގުޅިގެން މިނިސްޓްރީއޮފް ހައުސިންގއިން ހުރިހާރަށެއްގެ ސްކޫލް ކުދިންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ހަރަކާތުގައި ފެނަކަ ބުރާންޗުތަކަށް ޒިޔާރަތްކުރުމަށް ރާވާފައިވެއެވެ. އެގޮތުން 05 ސެޕްޓެމްބަރ 2026 ވަނަ ދުވަހު ފެނަކަ ފ.ބިލެއްދޫ ބުރާންޗު އަދި ބިލެއްދޫ ސުކޫލް ގުޅިގެން ގުރޭޑު 8 އަދި 9 ގެ ދަރިވަރުންނަށް އަމާޒުކޮށް ކުރިއަށްްްގެންދެވުނު މިހަރަކާތުގައި ޖުމްލަ 41 ދަރިވަރުން ބައިވެރިވެފައި ވެއެވެ. މިގޮތުން މި ބްރާންޗުގެ ޓެކްނިކަލް މުވައްޒަފުންގެ މައިގަނޑު މަސްއޫލިއްޔަތު ތަކާއި މަސައްކަތް ތައް ބުނެދެވިފައި ވެއެވެ. 10 އަކުން 11:15 އަށް ކުރިއަށް ގެންދެވުނު މި ހާއްސަހަރަކާތުގައި ބިލެއްދޫބްރާންޗުގެ މެނޭޖްމެންޓާއި އިދާރީމުވައްޒަފުންގެ ފަރާތުން ބްރާންޗަށް ޒިޔާރަތްކުރި ދަރިވަރުންނަށް ހާއްސަ މަރުހަބާއެއް ދެންނެވިފައި ވެއެވެ.
ދަރިވަރުންނަށް އަމާޒުކޮށް ކުރިއަށް ގެންދެވުނު މި ސެޝަންއަށް ތައްޔާރުކުރެވިފައިވާ ހާއްސަޕްރެސެންޓޭޝަން އަދި ޕްރެކްޓިކަލްމައުލޫމާތު ދެއްވާފައިވަނީ ބްރާންޗުގެ ސީނިއަރ ސްޕަވައިޒަރ މުންޒިރު (ސެޓިފައިޑް އިންޖިނިއަރ) އަދި އެސިސްޓެންޓް އިންޖިނިއަރ އުމަރުޒާހިރު އެވެ.
ސެޝަން ނިންމާ ދަރިވަރުންނަށް ސުވާލުކުރުމަށް ދެވުނު ފުރުސަތުގައި ގިނަދަރިވަރުން ސުވާލު ހުށައަޅާފައިވާކަން ފާހަގަކުރަމެވެ. މިކަމުން އެނގިގެން ދަނީ މިފަދަ މަސައްކަތް ތަކަށް ދަރިވަރުންގެ ހިތުގައިވާ ޝައުޤުވެރިކަމެވެ.
05 ސެޕްޓެމްބަރ 2026 | ޒިޔާނާ އިސްމާއިލް








