ADS BY print zone




ފ.ބިލެއްދޫ ބުރާންޗަށް މެނޭޖަރގެ މަޤާމައް މުއައްޒަފަކު އައްޔަންކުރުން.
01 މާރޗް 2026ވަނަ ދުވަހު ފ.ބިލެއްދޫ ބުރާންޗުގެ މެނޭޖަރގެ މަޤާމައް ފ.ބިލެއްދޫ ޖަނަވަރީމާގޭ އަލްފާޟިލް އަޙުތަރު ޔޫނުސްވަނީ އައްޔަންކޮށްފައެވެ. އަޙުތަރުއަކީ މީގެ ކުރިންވެސް ރަސްމީ އިދާރާތަކުގައި މަސައްކަތްކޮށްފައިވާ ފަރާތެކެވެ. އެގޮތުން 2005އިން 2012އަށް ފ.ބިލެއްދޫ ކައުންސިލްގައި މަސައްކަތްކޮށްފައިވެއެވެ. ރަށްތަކުގެ އިދާރާތައް އޮފީހުގެ ނަމުގައި ހިންގަމުން ދިޔަ ދުވަސްވަރު ކާތިބެއްގެ ގޮތުގައި ހުންނެވިނަމަވެސް، ސަރުކާރުން ރަށްތަކުގެ އިދާރާތަކުގެނަމާއި، އޮނިގަޑައް ގެންނެވި ބަދަލުތަކާއި ގުޅިގެން ކާތިބެއްގެ މަޤާމުން ފައިނޭންސް އެޑްމިން އޮފިސާގެ މަޤާމައްވަނީ ބަދަލުކުރައްވާފައެވެ. ކައުންސިލްގައި މަސައްކަތް ކުރެއްވި މުއްދަތުގައި އެންމެ އިސްކަމެއްދެއްވާފައިވާނީ، މަޤާމުގެ މަސްޢުލިއްޔަތު އެންމެފުރިހަމަ ގޮތުގައި އަދާކުރުމުގެ އިތުރުން ކައުންސިލްއަކީ މަސައްކަތްކުރަން ފަސޭހަ، އެކުވެރި މާހައުލެއް ގާއިމްކުރެވިފައިވާ ތަނަކައްހެދުމައްކަމަށް އަޙުތަރު ބުނެފައިވެއެވެ. މީގެއިތުރުން 2014އިން 2017އަށް ފ.އަތޮޅުކައުންސިލް މެމްބަރެއްގެ ގޮތުގައި މަސައްކަތްކޮށްފައިވެއެވެ. މިމުއްދަތުގައި އެންމެބޮޑު ސަމާލުކަމެއްދީފައިވާނީ ރައްޔިރުންނާ ގުޅުންހުރި ރައްޔިތުންނަށް ފޯރުކޮއްދެންޖެހޭ ޙިދުމަތްތަކަކީ، ޙިދުމަތް ލިބިގަތުމަށް އަންނަ ފަރާތްތަކައް ފަސޭހައިން ފޯރުކޮށްދެވޭނޭފަދަ އިންތިޒާމެއް ހަމަޖެއްސައިދިނުމަށްކަމައް އަހުތަރުބުނެފައިވެއެވެ. އަދި އެކަމަށްޓަކައި ކުރެވުނު މަސައްކަތުގެ %80 ހާސިލްކުރެވިފައިވާކަން އުފަލާއިއެކު ފާހަގަކުރިއެވެ.
